ENGLISH

30 އޭޕްރީލު 2026

Advertisement

ތުޅާދޫ އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު މިރޭ ހަމަވާނެ

30 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިރޭ 12 އަށް ހަމަވާނެއެވެ. 

ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތުޅާދޫ އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. 

އެ ވުޒާރާއިން އާއްމުކުރި މަޢުލޫމާތުގައި ބުނީ، މިހާތަނަށް ތުޅާދޫއިން 347 އެޕްލިކޭޝަން ލިބިފައިވާއިރު ވިލުފުށިން 206 ހުށަހެޅުން ވަނީ ލިބިފައެވެ. 

ވިލުފުށީގެ މަޝްރޫޢަކީ 2011 ވަނަ އަހަރު ސަރުކާރުން ފެށި ޚިދުމަތެކެވެ. އެތައް އަހަރެއް ވަންދެން މި މަޝްރޫޢަށް ލަސްތަކެއް އައުމަށްފަހު މިހާރު ކުރިއަށްދަނީ ފެނަކާއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމުގެ މަސައްކަތެވެ. 

ތުޅާދޫގެ ހައުސިން ޔުނިޓްތަކުގެ މައްސަލަ ކޯޓު މަރުޙަލާގައި އޮތްއިރު، ޙަވާލުކުރުމުގެ މަސައްކަތްކުރަނީ ވުޒާރާއިން ހަރުދަނާ އުސޫލެއް އެކުލަވާލުމަށްފަހުއެވެ. 

ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މިރޭ 12 ޖެހުމާއި ހަމައަށް ފުރުސަތު ހުޅުވާލާފައިރު، ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އެހެންވެ، ޝަރުތުހަމަވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އަވަހަށް ފޯމު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު