ENGLISH
29 އޭޕްރީލު 2026
ހިތާދޫ ބަނދަރުގެ ހެދުމުގެ އަމަލީ މަސައްކަތް ނިންމާލައިފި
29 އޭޕްރީލު 2026
|
ހިތާދޫ ބަނދަރު. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބ. ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ އަދާހަމަ އާންމުކޮށް އެމްޓީސީސީ އިން ކުރި ޕޯސްޓުގައި ވަނީ މިހާރު މި މަސައްކަތުގެ އަމަލީ މަސައްކަތް މި މަހުގެ 7 ވަނަ ދުވަހު ނިންމާލެވިފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީ އިން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއަކީ 2021 ވަނަ އަހަރު 25.3 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރެވުނު މަޝްރޫއެކެވެ.
އަލަށް ބަނދަރު ތަރައްޤީކުރުމާއި، މަރާމާތުކުރަންޖެހޭ ބަނދަރުތަކުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.