ENGLISH

29 އޭޕްރީލު 2026

Advertisement

ފީއަލީގައި ކަރަންޓްގައި ޖެހުނު ދެބެން އިތުރު ފަރުވާއަށް ނިލަންދޫއަށް

29 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކަރަންޓްގައި ޖެހުނު ދެ މީހުން އިތުރު ފަރުވާއަށް ނިލަންދޫއަށް ފުރުވާލަނީ --

ފ. ފީއަލީގައި ކަރަންޓްގައި ޖެހުނު ދެބެން އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫއަށް ގެންގޮސްފި އެވެ.

ފީއަލީގައި މިއަދު ހިނގި ހާދިސާގައި އެ ރަށު ވެލްކަމްގޭގެ ދެބެއިންނަށް ވަނީ އަނިޔާވެފަ އެވެ. އެ ދެ މީހުންނަށް އަނިޔާވީ ފުރާޅުމަތީން ފައިބަނިކޮށް ކަރަންޓްގައި ޖެހިގެންނެވެ. ބެލެވޭ ގޮތުން އެ މީހުން ކަރަންޓްގައި ޖެހުނީ ފުރާޅުން ފައިބާން އުޅުމުގެ ތެރޭގައި މަގުމަތީ ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ.

ކަރަންޓްގައި ޖެހި ބިންމައްޗަށް ވެއްޓި އެކެއްގެ ކަނދުރާ ވަނީ ބިނދިފަ އެވެ. އަދި އެކެއްގެ ބޯ ވެސް ފަޅައިގޮސްފައިވާ ކަމަށް އެނގިފައިވެ އެވެ.

އެ މީހުން މިހާރު ވަނީ އިތުރު ފަރުވާއަށް ފ. ނިލަންދޫއަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު