ENGLISH

29 އޭޕްރީލު 2026

Advertisement

ސަރުކާރު ބަންޑުންޖަހައިނުލައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރާނަން: ޝިޔާމު

29 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ފަރާތުން މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރު ބަންޑުންޖަހައިނުލައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން އިންތިހާބު ކާމިޔާބުކުރާނެ ކަމުގައި އެ ޕާޓީގެ ނައިބުލީޑަރު އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

މިއަދު ޕީއެންސީ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމު ވިދާޅުވީ އެ އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެ ޕާޓީން ކުރާނެ ކަމަށެވެ. އަދި އެ އިންތިހާބުގެ ކެމްޕެއިނަށް ވަރަށް ފުރިހަމައަށް ޕާޓީ ތައްޔާރުވެފައިވާކަމަށްްވެސް ވަޒީރު ވިދާޅުވިއެވެ. 

އިތުރަށް ވަޒީރު ފާހަގަކުރެއްވީ ހިތަދޫ އުތުރު ދާއިރާއަކީ ޕީއެންސީއަށް ވަރަށް ބޮޑަށް ތާއީދު އޮތް ދާއިރާއެއް ކަމެވެ. އެގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއިރު، ޕީއެންސީ ފިކުރުގެ ވަރަަށް ގިނަ އިތުރު ބޭފުޅުން އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ އެކަށީގެންވާ އަދަދަކަށް ވޯޓު ހޯއްދެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އައު ކެންޑިޑޭޓާއެކު ކެމްޕެއިން ފެށުނީ. ތާވަލެއްގެ ތެރޭގައި ދަތުރުތައް ކުރަން އޮތީ. އެކަމަކު އަޅުގަނޑުމެން ބަންޑުންޖަހައިނުލާނަން ކުރީ ސަރުކާރުތަކުގައި ކަންް ކުރި ގޮތަށް،" ޝިޔާމު ވިދާޅުވިއެވެ. 

އެހެންނަމަވެސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ ގޮތުން ޕާޓީން ކުރަންޖެހޭ ހުރިހާ މަސއްކަތްތަކެއް އެ ޕާޓީން ކުރަމުންދާނެ ކަމުގެ ޔަގީންކަން ޝިޔާމު ދެއްވިއެވެ. އޭނާ ވިދާޅުވީ ޕާޓީއެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތް އޭގެ އެންމެ މަތީ ދަރަޖައިގަ ކުރިއަށްގެންދަވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު