ENGLISH
29 އޭޕްރީލު 2026
ސެންޓްރަލް ރީޖަން ޒޯން ދޭއްގެ ޗެމްޕިއަނުންނަކީ ދ. ކުޑަހުވަދޫ
29 އޭޕްރީލު 2026
|
ސެންޓްރަލް ރީޖަން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ ދ. ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ހިމެނޭ ސެންޓްރަލް ރީޖަން ޒޯން ދޭއްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ދ. މީދޫ ބަލިކޮށް އެ އަތޮޅު ކުޑަހުވަދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.
މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ގައި ކުޑަހުވަދޫ ކުރިހޯދީ 5-3 އިންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަހުވަދޫން ފޮނުވާލި ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޕެނަލްޓީގައި މީދޫ އިން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރިނަމަވެސް، އެ ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ފޮނުވާލުމުން ކުޑަހުވަދޫގެ ގޯލްކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ.
ސެންޓްރަލް ރީޖަން ދެ ޒޯނަކަށް ބަހާލާފައިވާއިރު، ޒޯން އެކަކުން ކޮލިފައިވީ ޗެމްޕިއަން، ކ. ހުރާއާއި ރަނަރަޕް އދ. މަހިބަދޫ އެވެ. މި ރީޖަންގެ ޒޯން ދޭކުން ކޮލިފައިވެފައިވަނީ ޗެމްޕިއަން، ކުޑަހުވަދޫ އާއި ދެވަނަ މަގާމު ހޯދި މީދޫ އެވެ.
މި ރީޖަންގެ ލީގުގެ މެޗުތައް ފަށާނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ ހުރާއާއި ކުޑަހުވަދޫ އެވެ.