ENGLISH

29 އޭޕްރީލު 2026

Advertisement

14 ވަޒީރުންނަށް ރުހުން ދީފި

29 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލިސް ހުވާކުރުމުގެ ތެރެއިން

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ވުޒާރާތަކުގެ މެންޑޭޓުތައް އަލުން ތަރުތީބުކުރައްވައި މަގާމުގެ ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް މަޖިލީހުން  ފާސްކޮށްފި އެވެ.

މި ބަދަލުތަކާއެކު ކުރިއްސުރެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި އަލަށް ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެންނެވި ހަތަރު ބޭފުޅަކާއެކު ޖުމްލަ 14 ބޭފުޅުން ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހުވާކުރައްވާފައި ވެއެވެ. 

ރުހުން ހޯދުމަށް ނަން ފޮނުއްވި 14 ވަޒީރުން 

  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް - މޫސާ ޒަމީރު:       ވަޒީރު ޒަމީރަށް ރުހުންދޭން ފާސްކުރީ 76 މެމްބަރުންގެ ވޯޓާއެކުގަ އެވެ. 
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ - ޢަލީ އިޙްސާން:    ވަޒީރު އިހުސާނަށް ރުހުންދޭން ފެންނަ ކަމަށް 70 މެމްބަރުން ވޯޓު ދެއްވި އެވެ. 
  • މިނިސްޓަރ އޮފް ފޮރިން އެފެއާޒް - އިރުތިޝާމް އާދަމް:                  އިރުތިޝާމްއަށް ރުހުން ދިނުމަށް 75 މެމްބަރުން ވޯޓުދެއްވާފައި ވެއެވެ.
  • މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. އިސްމާޢީލް ޝަފީޢު:                                          ވަޒީރު ޝަފީޢަށް ރުހުންދޭން ފާސްކުރީ 73 މެމްބަރުންގެ ވޯޓާއެކުގަ އެވެ.
  • މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ - ޤީލާ ޢަލީ:                ޤީލާއަށް ރުހުން ދިނުމަށް 75 މެމްބަރުން ވޯޓުދެއްވާފައި ވެއެވެ.
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް - މުޙައްމަދު ސަޢީދު: ސައީދަށް ރުހުންދޭން ފެންނަކަމަށް 65 މެމްބަރުން ވޯޓު ދެއްވި އިރު ރުހުންދޭން ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވި އެވެ. 
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް - ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު:                                         ޝަހީމަށް ރުހުންދޭން ފެންނަކަމަށް 74 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ. 
  • މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން - މުޙައްމަދު އަމީން:           ވަޒީރު އަމީނަށް ރުހުންދޭން ފާސްކުރީ 73 މެމްބަރުންގެ ވޯޓާއެކުގަ އެވެ.
  • މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް - ޢަބްދުﷲ ރާފިޢު: ވަޒީރު ރާފިޢުއަށް ރުހުންދޭން ފެންނަކަމަށް 75 މެމްބަރުން ވޯޓު ދީފައި ވެއެވެ.
  • މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް - ހީނާ ވަލީދު:               ވަޒީރު ހީނާއަށް ރުހުންދޭން ފެންނަކަމަށް 64 މެމްބަރުން ވޯޓު ދެއްވި އިރު ރުހުންދޭން ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވި އެވެ.
  • މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް - ޑރ. ޢަބްދުﷲ މުއްޠަލިބް:                                         ވަޒީރު މުއްޠަލިބަށް ރުހުން ދޭން ފެންނަކަމަށް 68 މެމްބަރުން ވޯޓު ދެއްވި އިރު ރުހުންދޭން ނުފެންނަކަމަށް ފަސް މެމްބަރުން ވޯޓު ދީފައި ވެއެވެ. 
  • މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - ޢަލީ ޝަރީފް: ވަޒީރު އަލީ ޝަރީފަށް ރުހުން ދޭން ފެންނަކަމަށް 63 މެމްބަރުން ވޯޓު ދެއްވި އިރު ރުހުންދޭން ނުފެންނަކަމަށް 13 މެމްބަރުން ވޯޓު ދީފައި ވެއެވެ.
  • މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް - ޙަސަން ރަޝީދު:         ވަޒީރު ހަސަން ރަޝީދަށް ރުހުންދޭން ފެންނަކަމަށް 76 މެމްބަރުން ވޯޓު ދީފައިވެއެވެ.
  • މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް - އަޙްމަދު ޝިޔާމް: ޝިޔާމްއަށް ރުހުން ދިނުމަށް 73 މެމްބަރުން ވޯޓު ދީފައިވެއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް - ހީނާ ވަލީާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުގެ އިތުރުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ  ޢަލީ ޝަރީފަށް ރުހުން ދޭން ނުފެންނަކަމަށް އެމްޑީޕީގެ 12 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. 

ނަމަވެސް އެބޭފުޅުންވެސް ހިމެނިވަޑައިގަންނަވާގޮތަށް 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު