ENGLISH
29 އޭޕްރީލު 2026
ގއ. ވިލިނގިލީގައި ތަރައްޤީކުރާ 50 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
29 އޭޕްރީލު 2026
|
ގއ. ވިލިނގިލީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ގއ. ވިލިނގިލީގައި ތަރައްޤީކުރާ 50 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި މަޝްރުއޫގެ ދަށުން މިހާރު ކުރަމުން އަންނަނީ ފައުންޑޭޝަންގެ މަސައްކަތްތަކާއި، ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށެވެ.
ހެލްތް މިނިސްޓްރީ އިން ބުނީ، މި ހޮސްޕިޓަލްއަކީ އަތޮޅު ހޮސްޕިޓަލް ފެންވަރަށްވުރެ މަތި، ރީޖަނަލް ހޮސްޕިޓަލްތަކާއި އެއް ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ ހޮސްޕިޓަލެއް ކަމަށެވެ.
ގއ. ވިލިނގިލީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ
މި ހޮސްޕިޓަލް ތަރައްޤީ ކުރެވުމާއެކު،ގއ.އަތޮޅުގެ ރައްޔިތުންނަށް ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ އެހެން އަތޮޅަކަށް ދާންޖެހޭ ދަތިތައް ކުޑަވެގެންދާނެ އެވެ.
ވިލިނގިލީގައި މިހާރު ހުރި ހޮސްޕިޓަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކުރި ތަނެކެވެ. އެ ހޮސްޕިޓަލްގެ އިމާރާތުގައި މިހާރު އެކަށީގެންވާ ޖާގަ ނެތުމުން، ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ގއ. އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ސިއްހީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، ޖާގައިގެ ގޮތުން ތަނަވަސް ބޮޑު ބިމެއްގައި އާ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.
ރާއްޖޭގައި އެތަކެއް އަހަރުތަކެއް ވަންދެއް އޮތް ސިއްހީ ނިޒާމުގެ ގޮންޖެހުންތައް ނެތިކޮށް ރައްޔިތުންނަށް ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކޮށް ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.