ENGLISH

29 އޭޕްރީލު 2026

Advertisement

ދިވެހިންނަށް ވިސާ އާ ނުލައި މިހާރު އަޒަރުބައިޖާނަށް ދެވޭނެ

29 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އަޒަރުބައިޖާން އެއާލައިނުން އައި ބަޔަކު ވެލާނާ އެއާޕޯޓަށް ފައިބަނީ.

ކުރިން ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭގޮތް ހަދައިފި އެވެ. 

ކުރިން ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް ހަަމަޖައްސައި ރާއްޖެއިން އެގައުމާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.

އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މިއަދުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ވަނީ ފަހިވެފަ އެވެ. 

ދެހާސް ސައުވީސް ވަނަ އަހަރު ވަނީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރެވޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި، ތަޢުލީމު އުނގެނުމަށް އަދި ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހެ އެވެ.

އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް ވެސް ރާއްޖެއަށް ކުރަމުން އަންނައިރު އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ވިސާނެތި ދަތުރު ކުރެވޭ ގައުމުތައް އިތުރުވުމަކީ ޕާސްޕޯޓް ވަރުގަދަ ވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު