ENGLISH
29 އޭޕްރީލު 2026
ހޮސްޕިޓަލްތަކުގެ ބެކަޕް ކަރަންޓް އިތުރުކުރަން މަސައްކަތް ކުރަނީ
29 އޭޕްރީލު 2026
|
އައިޖީއެމްއެް ހޮސްޕިޓަލް. ފޮޓޯ؛ވޮއިސް
އެންމެ މަޤްބޫލު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންގެންދާ ހޮސްޕިޓަލްތަކުގެ ބެކަޕް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެ އެވެ.
"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ސީއީއޯ ވިދާޅުވީ އައިޖީއެމްއެޗަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާކަމަށެވެ.
މާލެއިން ކަރަންޓު ދާ ވަގުތުތަކުގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު މިފަދަ ހާލަތްތަކުގައި ބެކަޕް ކަރަންޓު މިހާރު ބޭނުންކުރަމުން އަންނަނީ އެންމެ މުހިންމު ހިދުމަތްތައް ދިނުމަށް އެންމެ މުހިންމު ތަންތަނަށެވެ.
ވުމާއެކު މިހާރު ހުރި ބެކަޕް ބޮޑުކުރަންޖެހޭކަމަށާއި ހޮސްޕިޓަލުގެ ބެކަޕް ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހިފައިވާކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.