ENGLISH

29 އޭޕްރީލު 2026

Advertisement

މެމްބަރު އަސްމާ އިޖުތިމާއީ ކޮމިޓީއަށް

29 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިޖުތިމާއީ ކޮމިޓީއަށް ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީގެ ބަދަލުގައި  މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހަމަޖައްސާފައި ވާކަމަށެވެ.

އިޖުތިމާއީ ކޮމިޓީގެ އިތުރުން މެމްބަރު އަސްމާ ދެން ހިމެނިވަޑައިގަންނަވާ ކޮމިޓީތަކަކީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ، ގެދޮރުވެރިކަމުގެ ކޮމިޓީ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މިފަހުންވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަށް ބަދަލުތަކެއް ގެނައި އިރު 241 ކޮމިޓީއަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ ވަނީ ހަމަޖައްސާފަ އެވެ. މާލިއްޔަތު ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރު ހަމަޖައްސާފައިވެއެވެ.

ނަމަވެސް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު މަމްދޫހްގެ ބަދަލުގައި އެ ކޮމިޓީއަށް ނާޒިމް ވަނީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު