ENGLISH
29 އޭޕްރީލު 2026
ހަވީރާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ، ސަމާލުވާން އިލްތިމާސްކޮށްފި
29 އޭޕްރީލު 2026
|
ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުނެރެފި-- ފޮޓޯ: މެންދުރު ޓީވީ
އެންމެ މަޤްބޫލު
ރާއްޖެއަށް މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނު އާއްމުކުރި މަޢުލޫމާތުގައި ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މެޓް އިން ބުނީ، މިއަދު 10:00 އިން ފެށިގެން ބ.އަތޮޅާއި އައްޑޫ އަތޮޅާ ދެމެދުގައި އޮތް 13 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ ކުރިން މޫސުމާ ބެހޭ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ފަތިހު 5:00 އިން ހެނދުނު 10:00 އަށް ހުދު ސަމާލު ނެރެފަ އެވެ.
މޫސުން ރަނގަޅު ދުވަސްތަކަކަށް ފަހު ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯހެވެ. ހާއްސަކޮށް ކަނޑުތައް ގަދަކަން ފާހަގަކުރެވެ އެވެ.
ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް، މޫސުމާ ގުޅުންހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.