ENGLISH

29 އޭޕްރީލު 2026

Advertisement

އުޒްބެކިސްތާނުގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު

29 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

އުޒްބެކިސްތާންގެ ސަރުކާރުން ދޭ އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސީއީއެސް.ސީއޯ) ގެ ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދި ކުރި އިއުލާނުގައި ބުނެފައިވަނީ، މި ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދޭ ފަސް ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ހުޅުވާލާފައިވަނީ:

  1. ޓަޝްކެންޓް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި ބެޗްލަރސް އޮފް ޖެނެރަލް މެޑިސިންއަށް ކިޔެވުމަށާއި،
  2. ސެންޓަރަލް އޭޝިއަން ގްރީން ޔުނިވަރސިޓީގައި، ބެޗެލަރސް އޮފް އެންވަޔަރަމެންޓަލް އެންޑް ސަސްޓެއިނަބަލް މެނޭޖްމެންޓާއި އެންވަޔަރަމެންޓް އެންޑް އިކޮނޮމިކްސްއާއި އިކޮލޮޖީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔެވުމަށެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށާއި އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އައިސީއީއެސްސީއޯގެ ވެބްސައިޓުންނާއި ވުޒާރާގެ  ޕޯޓަލުން ލިބެން ހުންނާނެ ކަމަށެވެ. 

މި ކޯސްތަކަށް 15 މެއި 2026 ވާ ހުކުރު ދުވަހުގެ ކުރިން އައިސީއީއެސްސީއޯގެ  ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު