ENGLISH
29 އޭޕްރީލު 2026
ޤަޛުފުކުރުމަކީ ފިތުނައެއް، ފިތުނައަކީ ނެތިކުރުން: އިގުބާލު
29 އޭޕްރީލު 2026
|
ރައީސްގެ ރަސްމީ ގެކޮޅުގެ ވަޒީރު އިގުބާލު އާދަމް
އެންމެ މަޤްބޫލު
ޤަޛުފުކުރުމަކީ ފިތުނައެއްކަމަށާއި، ފިތުނައަކީ ނެތިކުރުންކަމަށް މުލިއާގޭގެ ވަޒީރު އިޤުބާލު އާދަމް ވިދާޅުވެއްޖެއެވެ.
މިފަދަައިން އިޤުބާލު ވިދާޅުވީ "އަދަދު" ނޫހުން ކާކުކަން ނޭނގޭ އަންހެނަކު ހިމަނައިގެން ތައްޔާރުކުރި ވީޑިޔޯއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ޤަޛުފުކުރުމާ ގުޅިގެން ފުލުހުންގެ ހިދުމަތުން ހިންގަމުންދާ ތަހުގީގާ ގުޅިގެން މީސްމީޑިޔާގަައި ޝާއިއުކުރެއްވި ޕޯސްޓެއްގްައެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދުލުވެރި ނިޔަތަކާއެކު ބިނާކުރަނަވި ގޮތެއްގައި ފާޑުކިޔުމަކީ ކަންކަން އޮތް ގޮތާއި ހަގީގަތްތައް އޮޅުންފިލުވައިދިނުމެވެ. އަދި ފަނާކުރަނަވި ފާޑުކިޔުމަކީ ނުބައެއް ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.
އިގުބާލު އިތުރަށް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ އަމަލެއް ކަމުގައިވާ ޤަޛުފުކުރުން އެއްވެސް މީހަކާމެދު ހިންގުމަކީ ކަނޑައެޅިގެން ބޮޑު ފިތުނައެއް ކަމަށެވެ. އަދި ފިތުނައަކީ އޮޅުންފިލުވައިދިނުން ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް އިގުބާލު ވިދާޅުވީ ފިތުނަހެދުމަކީ ނެތިކުރުން ކަމަށެވެ.
ގިނަ ބަޔަކު އަންނަނީ ރައީސާމެދު ޤަޛުފުގެ ހުތުރު އަމަލު ހިންގީތީ "އަދަދު" ނޫހަށް ފާޑުކިޔަމުންނެވެ. އަދި އެ ނޫހުގެ އެ އަމަލަކީ ނާތަހުޒީބު އަމަލެއްކަން ފާހަގަކޮށް، އެއީ ތަހުގީގުކުރެވި ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބުވެސް ދޭންޖެހޭނެ ކަމެއްކަން އަންނަނީ ފާހަގަކުރަމުންނެވެ.