ENGLISH

28 އޭޕްރީލު 2026

Advertisement

ރާއްޖެއަކީ އަލްމާނީ ލިބެރަލް ޑިމޮކްރަސީއެއް ނޫން، އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާކަމެއް: އިބްރާހީމް

28 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު

ރާއްޖެއަކީ އަލްމާނީ ލިބެރަލް ޑިމޮކްރަސީއެއް ނޫންކަަން ފާހަގަކުރައްވައި، ރާއްޖޭގައި ހަރާމެއް ހަލާލެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ ނުރައްކާތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ. 

މެންބަރު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން ކާކުކަން ނޭނގޭ އަންހެނަކު އަރުވައިގެން ތައްޔާރުކުރި ވީޑިޔޯއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއްކޮށް ޤަޛުފުކުރި މައްސަލައިގެ ތަހުގީގު ހިންގަން ދިވެހި ފުލުހުންގެ ހިދުމަތުން ފެށުމާ ގުޅިގެން މީސްމީޑިޔާގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަައެވެ. 

އިބްރާހީމް މިއަދު ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި ވިދާޅުވެފައިވަނީ ރަޖިސްޓްރީކޮށްގެން ނޫސް ހިންގުމާ ހަސަދަވެރިކަން ހިންގުމަކީ ދެކަމެއް ކަމަށެވެ. 

އިތުރަށް މެންބަރު ފާހަގަކުރެއްވީ ދިވެހިރާއްޖެއަކީ ސެކިއުލާ ނުވަތަަ އަލްމާނީ ގައުމެއް ނޫން ކަމެވެ. އެއީ ދީނާއި ދައުލަތް ވަކިކޮށްފައި އޮންނަ އޮތުމެވެ. އަދި ރާއްޖެއަކީ ލިބެރަލް ޑިމޮކްރަސީއެއްވެސް ނޫންކަން ފާހަގަކުރެއްވިއެވެ. ލިބަރަލް ފިކުރަކީ ހުރިހާ އަގުކުރުމަކަށްވުރެ ފަރުދީ މިނިވަންކަމާއި ހައްގުތައް އިސްކުރުމުގެ ފަލްސަފާއެވެ. 

އޭގެ އިތުރަށް މެންބަރު ވިދާޅުވީ ހަލާލެއް ހަރާމެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެއީ އިސްލާމްދީން ބާވައިލެއްވި ފަސް މަގުސަދު ހިމާޔަތްކުރުމާ ދެކޮޅަށް، އިސްލާމީ ޝަރީއަތް ބަލިކަށިކުރަން ބަޔަކު ހިންގާ ޖަރީމާއެއް ކަމަށެވެ. 

އަދި އިސްލާމީ ގައުމެއްގައި އަބުރު ކަތިލުމުގެ ކަންކަން ކުރަން ޖާގަނުދީ އެކަަންކަން ހުއްޓުވަންޖެހޭނެ ކަމުގައި މެންބަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު