ENGLISH

28 އޭޕްރީލު 2026

Advertisement

އިމެއް ނެތް މިނިވަންކަމަކީ އަމިއްލަައަށް މަރުވެދާނެ މިނިވަންކަމެއް: ނިހާން

28 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އިމެއް ނެތި އޮންނަ މިނިވަންކަމަކީ އޭގެ ޒާތުގައި އަމިއްލައަށް މަރުވެދާނެ މިނިވަންކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބިއުރޯގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. 

އޮންލައިން ނޫސް އަދަދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާމެދު ޤަޛުފުކުރި މީހަކު ދެއްކި ވާހަކަތަކެއް ގެނެސްދިން ވީޑިޔޯއަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ޖިނާއީ ތަހުގީގެއް ފެށުމާއެކު މިހާރު މީސްމީޑިއާގައި ބޮޑު ބަހުސެއް އަންނަަނީ ހިނގަމުންނެވެ. 

އެ މައުޟޫއަށް އިޝާރާތްކުރައްވައި ނިހާނު ވިދާޅުވީ އިނގިރޭސި ފަލްސަަފާވެރިޔާ ޖޯން ސްޓުއަޓް މިލް ވިދާޅުވެފައިވާ ފަދައިން، މިނިވަންކަން އޮންނަަންވާނީ އަނެކުންގެ ހައްގުތަކަށް އިހުތިރާމުގެ މަތީގައި ކަމަަށެވެ. އެ އިހުތިރާމު ނެތިއްޖެނަމަ އަދުލުވެރިކަން ނެތިގެން ހިނގައިދާނެ ކަމުގައިވެސް ނިހާނު ވިދާޅުވިއެވެ. 

އަދި ހުދޫދުތަކެއް ނެތި މިނިވަންކަން ދީފިނަމަ ދެން ކަން ހިނގައިދާނެ ގުޅޭ ގޮތުން، ސްކޮޓްލޭންޑުގެ ފަލްސަފާވެރިޔާ ތޮމާސް ހޮބްސްގެ ލިޔުއްވުމުގައި ވިދާޅުވެފައިވާ ގޮތަށް ހަމަޖެހުމުގެ ބަދަލުގައި ކޮންފްލިކްޓު ނުވަތަ ހަމަނުޖެހުންތައް ވުޖޫދުވެގެންދާނެ ކަމަށްވެސް ނިހާނު ވިދާޅުވިއެވެ. 

ހަގީގީ މިނިވަންކަމަކީ އެކަހެރިކޮށް އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ނިހާނު ވިދާޅުވީ ގާނޫނާއި ތިލަފަތްހަމަކާއި ޖަވާބުދާރީވުމަކީ ހައްގުތަކާއި މިނިވަންކަމުގެ އަސާސްތަކެއް ކަމަށާއި، އެއިރުން ފަރުދުންގެ ހައްގުތަކާއި ޖަމާއީ ހަމަޖެހުން ރައްކާތެރިވެގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު