ENGLISH
28 އޭޕްރީލު 2026
މިހާތަނަށް 395 ޙާޖީއެއްގެ ބަޔޮމެޓްރިކްސް ނަގައިފި
28 އޭޕްރީލު 2026
|
އުމްރާގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދިޔަ ބަޔަކު، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
މައްކާ ރޫޓުގެ ޚިދުމަތަށް ޙާޖީންގެ ބަޔޯ-މެޓްރިކްސް ނަގަން ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެންމެ ފުރަތަމަ ނަގަނީ، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ބަޔޯމެޓްރިކްސްކަމަށާއި އަތޮޅުތަކުން އަންނަ މީހުންގެ މަޢުލޫމާތު ނަގާނީ، ފުރާ ތާރީޚާ ކައިރިކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން މިހާތަނަށް 395 ޙާޖީއެއްގެ ބަޔޯ-މެޓްރިކްސް ނަގާފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ބަޔޯމެޓްރިކްސްގެ ގޮތުގައި ނަގަނީ އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތައް އެނގޭނެ ފޮޓޯއެކެވެ. މި ޚިދުމަތް މިހާރު ވަނީ ވަރަށް ބޮޑަށް ލުއިފަސޭހަކޮށްފަ އެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ފޯނުން އޮންލައިންކޮށް މި މަޢުލޫމާތު ނަގައި، ވަގުތުން ސަޢުދީ އިމިގްރޭޝަންގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސައުދީއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.
މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް މި ހިދުމަތް ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެން ނެވެ.