ENGLISH

28 އޭޕްރީލު 2026

Advertisement

ނޫސްވެރިކަމަކީ އަބުރުކަތިލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ: ވަޒީރު މުއްތަލިބް

28 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް މަޖިލީހުގެ ޖަލްސާއެއްގައި

ނޫސްވެރިކަމަކީ އަބުރުލަތިލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. 

"އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ.

ވަޒީރު ވިދާޅުވީ ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، ގައުމު ހަމަޖެހުން ނަގާލައިގެން ބަޔަކު އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށެވެ. އަދި އެ ފުރުޞަތު ދައުލަތުގެ އިދާރާތަކުން ދީގެންވެސް ނުވާނެކަމަށް ވަޒީރު ވިދާޅުވި އެވެ. 

އަދުގެ ސަރުކާރަކީ ނޫސްވެރިންނަށް ފުރުޞަތު ފަހިކޮށްދެއްވާ ސަރުކާރެއް ކަމަށާ، ނޫސްވެރިކަމުގެ މިނިވަންކަން މި ރާއްޖޭގައި އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށާ، ނަމަވެސް، އެއްވެސް މީހެއްގެ ޢަބުރު ކަތިލުމުގެ ފުރުޞަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު  ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. 

ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދަދު" ނޫހުގެ މި އަމަލާމެދު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު