ENGLISH
29 އޭޕްރީލު 2026
ސާނަވީއާއި މަތީ ސާނަވީގެ އިމްތިޙާނުތައް ފަށާނީ ސެޕްޓެމްބަރުގައި
28 އޭޕްރީލު 2026
|
ނޮވެމްބަރުގެ އިމްތިޙާނުތައް މި އަހަރު ބާއްވާނެ ތާރީޚުތައް މިހާރު ވަނީ އާއްމުކޮށްފައި
އެންމެ މަޤްބޫލު
ނޮވެމްބަރުގެ އިމްތިޙާނުތައް މި އަހަރު ބާއްވާނެ ތާރީޚުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްއިން މިއަދު ހާމަކޮށްފި އެވެ.
ރާއްޖޭގެ ސްކޫލްތަކަށް އެ ޑިޕާޓްމަންޓުން މިއަދު ފޮނުވި މެމޯއެއްގައި ބުނެފައިވާ ގޮތުން މި އަހަރު ބާއްވާ ސާނަވީ އާއި މަތީ ސާނަވީގެ އިމްތިޙާނުތައް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ސާނަވީ އިމްތިޙާނު ފަށަނީ އެސްއެސްސީގެ ދިވެހި މާއްދާއިންނެވެ. އެއީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. 24 ވަނަ ދުވަހާ ހަމައަށް އަރަބި ބަސް ހިމެނޭހެން އެސްއެސްސީ އިމްތީހާނުތައް ކުރިއަށް ދާނެ އެވެ.
އެޗްއެސްސީ އިމްތިޙާނު ފަށާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ދިވެހިބަސް ކަރުދާސް އެކަކުން ނެވެ. އެޗްއެސްސީ އިމްތިޙާނު ކުރިއަށް ދާނީ 30 ސެޕްޓެމްބަރާ ހަމައަށެވެ.
ކެމްބްރިޖު އައިޖީސީއެސްއީ އޯލެވެލް އިމްތިޙާން ކުރިއަށް ދާނީ 24 ސެޕްޓެމްބަރުން ފެށިގެން 12 ނޮވެމްބަރަށެވެ. ކެމްބްރިޖް އޭއެސް އޭލެވެލް ކުރިއަށް ދާނީ 28 ސެޕްޓެމްބަރުން 12 ނޮވެމްބަރަށެވެ. އެޑެކްސެލްގެ އޭލެވެލް ކުރިއަށް ދާނީ އަށެއް އޮކްޓޯބަރުން ފެށިގެން 30 އޮކްޓޯބަރަށެވެ.
އެސްއެސްސީ އިމްތިޙާނު ބާއްވާ ތާރީޚްތައް:
ދިވެހިބަސް ކަރުދާސް 1 – 20 ސެޕްޓެމްބަރު 2026
ދިވެހިބަސް ކަރުދާސް 2 – 21 ސެޕްޓެމްބަރު 2026
އިސްލާމީ ތަރުބިއްޔަތު 1 – 22 ސެޕްޓެމްބަރު 2026
އިސްލާމީ ތަރުބިއްޔަތު 2 – 23 ސެޕްޓެމްބަރު 2026
އަރަބިބަސް – 23 ސެޕްޓެމްބަރު 2026
އެޗްއެސްސީ އިމްތިޙާނު ބާއްވާ ތާރީޚްތައް:
ދިވެހިބަސް ކަރުދާސް 1 – 27 ސެޕްޓެމްބަރު 2026
ދިވެހިބަސް ކަރުދާސް 2 – 28 ސެޕްޓެމްބަރު 2026
އިސްލާމީ ތަރުބިއްޔަތު 1 – 29 ސެޕްޓެމްބަރު 2026
އިސްލާމީ ތަރުބިއްޔަތު 2 – 30 ސެޕްޓެމްބަރު 2026
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް ސުލްޠާން ރާމިޒު ސޮއިކުރައްވައި ފޮނުއްވި މެމޯގައި ބުނެފައިވާ ގޮތުން ޝަހާދާ އިޢުދާދީ އިމްތިޙާން ކުރިއަށް ދާނީ 25 ނޮވެމްބަރުން 15 ޑިސެމްބަރަށެވެ. ޝަހާދާ ސާނަވީ ކުރިއަށް ދާނީ 25 ނޮވެމްބަރުން 17 ޑިސެމްބަރަށެވެ.