ENGLISH
28 އޭޕްރީލު 2026
ރައީސްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި ދެ މީހުން ހައްޔަރުކުރަން ގޮވާލައިފި
28 އޭޕްރީލު 2026
|
އާރްޑީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މަމްދޫހު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި، އެކަމަށް އަމިއްލައަށް އިއްތިރާފްވި ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައިފި އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އާރްޑީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މަމްދޫހު ވަނީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި ، އެކަމަށް އަމިއްލައަށް އިއްތިރާފުވި ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައްވާފަ އެވެ.
އަދި އެ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް މަމްދޫހު ގޮވާލައްވާފައި ވެއެވެ.
ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ދޭ އިރު ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފަ އެވެ.