ENGLISH

28 އޭޕްރީލު 2026

Advertisement

ކުރިއަށް އޮތް ފަސްދުވަހު ދެކުނާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ: މެޓް އޮފީސް

27 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

މާލެއށް ވިއްސާރަކުރަނީ

ކުރިއަށް އޮތް ފަސްދުވަހު ދެކުނާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، އުތުރުގެ ރަށްރަށަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ބައެއް ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. 

ވޭތުވެދިޔަ ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި ދުވަސްތަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު