ENGLISH

10 އޭޕްރީލު 2025

Advertisement

ބްރެޒިލްގެ ފުޓްބޯޅައިގެ ރައީސް ކަމަށް ރޮނާލްޑޯ ކުރިމަތިލަނީ

17 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް، ރޮނާލްޑޯ. --ފޮޓޯ: ރޮއިޓާސް

ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް، ރޮނާލްޑޯ އެ ގައުމުގެ ފުޓްބޯޅައިގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނެފިއެވެ.

އުމުރުން މިހާރު 48 އަހަރުގެ ރޮނާލްޑޯ ވަނީ، 1994 އާއި 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެގޮތުން، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ އިންތިޚާބުގައި ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) ގެ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭސްއާ އެކު އެ މަގާމަށް ރޮނާލްޑޯ ވާދަކުރާނެ ކަމަށް ވެސް މީޑިއާ ޚަބަރުތައް ބުނެއެވެ.

ރޮނާލްޑޯ ބުނީ، ސީބީއެފްގެ ރައީސް ކަމަށް ކުރިމަތިލުމަށް ނިންމީ، އެ ޤައުމުން ފުޓްބޯޅައިގައި މީގެ ކުރިން ހޯދާފައިވާ ކާމިޔާބީ ތަކުރާރުކޮށް، ކުރީގެ މަގާމަށް ގެންގޮސް، އޭރުގައި ހޯދި އިހުތިރާމާއި ގަދަރު ހޯދައިދިނުމަށް ބޭނުންވާތީ ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު ކުލަބުތައް ކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން އިންޓަ މިލާނާއި އޭސީ މިލާނަށް ވެސް ކުޅެފައިވާ ރޮނާލްޑޯ އަންނަނީ ކުޅުން ހުއްޓާލުމަށް ފަހު ފުޓްބޯޅައާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރޮނާލްޑޯ ވަނީ، ސްޕެއިނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ރެއާލް ވަޔަޑޮލިޑްގައި އޮތް އޭނާގެ ހިއްސާ ވިއްކާލާނެ ކަމަށް ބުނެފައެވެ. އޭރުން އޭނާގެ ކެންޑިޑެސީ އަށް އެއްވެސް ގޮތަކުން ހުރަސްތަކެއް ކުރިމަތިނުވާނެ ކަމަށް ރޮނާލްޑޯ ގަބޫލުކުރެއެވެ.

މީގެ އިތުރުން، ރޮނާލްޑޯ ވަނީ، ބްރެޒިލްގެ ކްލަބު ކްރުޒެއިރޯގައި އޮތް އޭނާގެ 90 އިންސައްތައިގެ ހިއްސާ ވެސް މި އަހަރުގެ ކުރީކޮޅު ވިއްކާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު