ENGLISH
15 އޭޕްރީލު 2025
ފަހު ވަގުތު ބޯންމަތުން ވެސްޓް ހޭމްއާ އެއްވަރުކޮށްފި
17 ޑިސެމްބަރު 2024
|
ވެސްޓް ހޭމްއާ ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން ބޯންމަތު އެއްވަރުވެއްޖެއެވެ.
ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގެ އެންމެ ފަހު ތިން މިނެޓުގެ ތެރޭގައެވެ.
ވެސްޓް ހޭމަށް ލިބުނު ޕެނަލްޓީއަކުން ލޫކަސް ޕަކޭޓާ ލީޑު ނަގައިދީފައިވަނިކޮށް، ބޯންމަތަށް އެއްވަރުކޮށްދިނީ އެންމެ ފަހު މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އެންޔެސް އުންޔާލް ވައްދާލި ލަނޑުންނެވެ.
މި ނަތީޖާއާ އެކު ބޯންމަތު ވަނީ ތާވަލްގެ ހަވަނަ އަށް ޖެހިލައިފައެވެ. ކުޅުނު 16 މެޗުން އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.
ވެސްޓް ހޭމް އޮތީ 14 ވަނައިގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
މި މުބާރާތުގައި ބޯންމަތަށް ދެން އޮތީ މި މަހުގެ 22 ވަނަ ދުވަހު ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އޭގެ އެއްދުވަސް ކުރިން، ވެސްޓް ހޭމްގެ ދަނޑުގައި އެ ޓީމުން ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.