ENGLISH

25 އޭޕްރީލު 2026

Advertisement

މިނެޓެއްގެ ވީޑިއޯތަކަކުން ދުނިޔޭގެ ސަމާލުކަން ހޯދި ނުސެއިރް ޔާސީން

25 އޭޕްރީލު 2026

|

އައިޝަތު ޝާލީން

ނުސެއިރް ޔާސީން

މި ޑިޖިޓަލް ޒަމާނުގައި ހުޅުވާލި ކޮންމެ ޕްލެޓްފޯމަކުން އެތައް ހާސް ވީޑިއޯ ނުވަތަ ކޮންޓެންޓު އެއްފަހަރާ ފެނިގެންދެއެވެ. އަދި އިންތިހާއަށް އަހަރުމެންގެ ދިރިއުޅުންވެސް ޑިޖިޓަލައިޒްވެ މިހާރަކަށް އައިސް މީހުންގެ އެޓެންޝަން ސްޕޭން އިންތިހާއަށް ކުރުވެފައިވާކަމީ ދިރާސާތަކުންވެސް ހާމަވެފައިވާ ކަމެކެވެ. މިފަދަ ޒަމާނެއްގައި ނުސެއިރު ޔާސީން މަސައްކަތް ފެށީ އެއް މިނެޓަށް މީހުންގެ ސަމާލުކަން ހޯދުމަށެވެ. 

ނާސް ޑެއިލީގެ ފައުންޑަރުގެ ގޮތުގައި މުޅު ދުނިޔެއަށް މަޝްހޫރު ޔާސިން ވަނީ އެއް މިނެޓުގެ ކުރު ވީޑިއޯތައް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ވާސިލްވާފަދަ ގޮތަކަށް ވަރުގަދަ ވާހަކަ ކިޔައިދިނުމުގެ ޕްލެޓްފޯމަކަށް ބަދަލުކޮށްފައެވެ. ހާވާޑް ޔުނިވާސިޓީއިން ތައުލީމު ހާސިލްކޮށް އޭނާ ވަނީ އެމެރިކާގެ ވެންމޯ ކުންފުނީގައި މަސައްކަތްކޮށްފައެވެ. 

އެހެންނަމަވެސް އުމުރުން 24 އަހަރުގައި އޭނާ ނިންމީ ވަޒީފާއިން ވަކިވެ، ދުނިޔެ ބަލާލުމަށް ދަތުރެއް ފެށުމަށެވެ. އެހެންނަމަވެސް މިކަން ފެށީ އަމިއްލަ ނަފުސަށް ޗެލެންޖެއް ކުރުމަށްފަހުގައެވެ. އެއީ އެއްހާސް ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް އެއް މިނެޓުގެ ވީޑިއޯއެއް އުފައްދައި ދުނިޔެއާ ހިއްސާކުރުމަށް އޭނާ އަމިއްލަ ނަފުސަށް ކުރި ޗެލެންޖެކެވެ. ނާސް ޑެއިލީ ވުޖޫދުވި ހިސާބަކީ މިއީއެވެ. 

އަރަބި ބަހުން 'ނާސް'ގެ މާނައަކީ މީހުންނެވެ. އޭނާގެ އަމާޒަކަށްވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ވާހަކަތަކާއި، ސަގާފީ އަދި ތަންތަނުގެ ވާހަކަތައް މި ޕެލްޓްފޯމް މެދުވެރިކޮށް ކިޔައިދިނުމެވެ. އޭނާ ވަނީ ތަރައްގީނުވާ ހިސާބުތަކާއި ސިޓީތަކުގެ ވާހަކަތައް ކިޔައިދީފައެވެ. އޭނާ ޚާއްސަ ސަމާލުކަމެއް ދީފައިވަނި މި ތަންތަނާ ގުޅޭގޮތުން ސުރުހީތައް އެޅުމުގެ ބަދަލުގައި މީހުން ގަޔާވާނެ ފަދަ މައުލޫމާތުތަކެއް ހިއްސާކުރުމަށެވެ. މިގޮތުން އޭނާ ވަނީ އެ ސަރަހައްދެއްގައި އުޅޭ މީހުންގެ ސަގާފީ ވާހަކަތަކާއި، އެތަންތަނުގައި އުޅޭ މީހުންގެ ވާހަކަތަކާއި، އެތަންތަނަށް ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އޭނާގެ ކޮންޓެންޓު ބަލާ މީހުން ފާހަގަކުރާ އެއް ކަމަކީ އެ ވީޑިއޯތަކުން ފެންނަ ޕޮޒިޓިވިޓީއެވެ. ހަމަ އެކަނި ހުރި މައްސަލަތައް ދެއްކުމުގެ ބަދަލުގައި އޭނާ ވަނީ މީހުންގެ އެއްބައިވަންތަކަމާއި ސަގާފީ ކަންކަން ހިއްސާކޮށްފައެވެ. އަދި އޭނާގެ ވާހަކަ ކިޔައިދިނުން އަވަސްވެފައި މަންޒަރުން އެކަންކަން ދައްލކުވައިދޭތީ ޒުވާން އެތައް ހާސް ބައެއްގެ މަގުބޫލުކަން އޭނާ ވަނީ ހޯދާފައެވެ. 

ޔާސީންގެ މި މަސައްކަތަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މިގޮތުން އެއް ބަޔަކު ވަނީ އެއް މިނެޓުތެރޭ މުހިންމު ކަންކަން ހިއްސާނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އަނެއް ބަޔަކު ވަނީ ސިޔާސީ އަދި ސަގާފީ ވާހަކަތައް އޭނާ ކިޔައިދޭ ގޮތަށް ފާޑު ކިޔާފައެވެ.

ގޮންޖެހުންތައް ދިމާވިނަމަވެސް ނާސް ޑެއިލީ ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންނެވެ. މިއަދު ނާސް ޑެއިލީއަކީ ތައުލީމީ ޕްރޮޖެކްޓުތައް ހިންގާ، ކްރިއޭޓަރ ކޮމިއުނިޓީތައް އަދި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެވެސް ބައިވެރިއެކެވެ. 

ޔާސީން ސާބިތުކޮށްދިނީ ވާހަކަ ކިޔައިދިނުމަކީ ހަމައެކަނި ދިގު ލިޔުންތަކުން ނުވަތަ ނިއުސްރޫމަކުން ކުރެވޭނެ ކަމެއް ނޫންކަމާއި، ބައެއް ފަހަރު އެއް މިނެޓުގެ ކުރު ވީޑިއޯއަކުންވެސް އެތައް މިލިއަން ބަޔަކާ ހަމައަށް ވާސިލްވެވިދާނެކަމެވެ. 

ކިޔުންތެރިންގެ ހިޔާލު