ENGLISH

25 އޭޕްރީލު 2026

Advertisement

ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ޚާއްސަ ހަވީރެއް ބާއްވައިފި

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

"ދިވެހިބަހުގެ ހަވީރު 2026" ގެ ތެރެއިން

މި އަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން "ދިވެހިބަހުގެ ހަވީރު 2026" ގެ ނަމުގައި ހާއްސަ ހަވީރެއް ބާއްވައިފި އެވެ.

މި ހަވީރު ހުޅުއްވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

މި ހަރަކާތަކީ ދިވެހި ކުޑަކުދިންގެ ހިތްތަކުގައި މާދަރީ ބަހަށް ލޯބިޖެއްސުމާއި، ބަހުގެ ހަމަތަކާއި އުސޫލުތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ހުޅުމާލޭގައި ބޭއްވި މި ހަވީރުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، މާލޭގެ އެކި ސްކޫލްތަކުންނާއި، ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ބައިވެރިވިކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހިބަހުގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހުޅުވައިދެއްވަނީ

މި ހަވީރުގެ ތެރެއިން ދިވެހިބަހާ ގުޅޭ ތަފާތު ކުޅިވަރުތަކާއި، ބަހުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ސަގާފީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. 

މި ހަރަކާތުގެ ތެރެއިން ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ "ބަސްކާޑު" ސެޓުވެސް ވަޒީރު ހީނާ ވަނީ ނެރުއްވައިދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ގައުމިއްޔަތާއި ދިވެހި ބަސް ދިރުވާ އާލާކުރުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވުމަށް ރާވާފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.  

ކިޔުންތެރިންގެ ހިޔާލު