ENGLISH

11 ޖޫން 2026

Advertisement

ޙައްޖު ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި

11 ޖޫން 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ހޮސްޕިޓަލް-- ފޮޓޯ: ޕީއެސްއެމް

ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން އަންނަ ވަގުތުތައް އިތުރުކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް އިން ބުނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ފްލޫ ކްލިނިކް އިން ހިދުމަތް ލިބޭނެކަމަށެވެ. މި ކްލިނިކް ގާއިމްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައެވެ.

މި ކްލިނިކުން ހިދުމަތް ހޯދުމަށްދާ ހައްޖުވެރިން ހިދުމަތް ހޯދުމަށް ދާންވާނީ މާސްކު އަޅައިގެން އައުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެއެވެ.

ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހައްޖުވެރިން ގެއަށް ދިޔުމަށް ފަހު ހާއްސަކޮށް މާބަނޑު މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ގޭގައި ތިބިނަމަ، އެ މީހުންނާ ގާތް ނުވުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. 

މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ހުރިހާ ޙައްޖުވެރިން މިހާރުވަނީ ރާއްޖެ އައިސްފައެވެ. އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑު 22:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު