ENGLISH

25 އޭޕްރީލު 2026

Advertisement

އަލިމަސް އިންސްޓިޓިއުޓްގެ "ބަސްކާޑު" ސެޓު ނެރެފި

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އަލިމަސް އިންސްޓިޓިއުޓްގެ "ބަސްކާޑު" ސެޓު ވަޒީރު ނެރެދެއްވުން

ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ "ބަސްކާޑު" ސެޓު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ނެރެދެއްވައިފި އެވެ.

މި ބަސްކާޑުތައް ނެރުއްވައިދެއްވީ ދިވެހިބަހުގެ އެކަޑަމީން އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އަލިމަސް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަސްކާޑުތަކަކީ އިނގިރޭސިބަސް ދަސްކުރުމަށް ބޭނުންކުރާ "ވޯޑް ކާޑް" ތަކުގެ އަސްލަށް ބަލައިގެން، ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އިންސްޓިޓިއުޓުން ސިފަކުރެއެވެ.

މި ބަސްކާޑުތައް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު