ENGLISH

25 އޭޕްރީލު 2026

Advertisement

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ. 

ކޮންގްރެސްގެ ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހިތަދޫ ވޯޓު ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސުކޫލުގަ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން.

އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. މި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސުކޫލުގަ އެވެ. 

މި ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ އިންތިޚާބުގެ ވޯޓްލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު