ENGLISH

25 އޭޕްރީލު 2026

Advertisement

އީރާނުން ހިންގި ރެއިޑްތަކެއްގައި ޝައްކު ކުރެވޭ 236 މީހުން ހައްޔަރުކޮށްފި

25 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އީރާނުން ހިންގި ރެއިޑްތަކެއްގައި ޝައްކު ކުރެވޭ މީހުންތަކެއް ހައްޔަރުކުރުން

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެ ގައުމުގެ ދެ ޕްރޮވިންސެއްގައި ހިންގި ރެއިޑުތަކެއްގައި 236 މީހުން ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ ނޫސް އެޖެންސީ، މެހްރު ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހުން ހައްޔަރުކުރީ އީރާންގެ ދެ ޕްރޮވިންސް ކަމަށްވާ ރުދިސްތާން އަދި ކެރްމާންޝާހްގައި ހިންގި ރެއިޑްތަކެއްގައެވެ.

ކުރުދިސްތާން ޕްރޮވިންސުގައި 11 މީހުން ހައްޔަރުކުރުމުގެ އިތުރުން ކުރުދީ ހަތިޔާރު އެޅި ޖަމާއަތެއްގެ އެއް މެމްބަރު މަރާލާފައިވާ މައުލޫމާތުލިބެއެވެ.

އައިޖީއާރުސީގެ ފައުޖުތަކުން ހަތިޔާރާއި ވަޒަންތަކެއް ވެސް އަތުލައިގެންފައިވާ އިރު، ވަކި ރެއިޑުތަކެއްގައި އިތުރު ގާތްގަނޑަކަށް 70 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެރްމާންޝާހް ޕްރޮވިންސުގައި އައިއާރުޖީސީން ހިންގި ރެއިޑްތަކުގައި 155 މީހުން ހައްޔަރުކޮށްފައިވާއިރު، އެ މީހުންނަކީ އިންގިލާބާ ދެކޮޅު ޖަމާއަތްތަކަކަށް ނިސްބަތްވާ ބައެއް ކަމަށާއި، އޭގެ ތެރޭގައި އިސްރާއީލުގެ މޮސާޑާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ހަތަރު ޖާސޫސުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި ފަހުން ޔަހޫދީންނާ ގުޅުން ހުރި ގިނަ އަދަދެއްގެ ބަޔަކު އީރާނުން ވަނީ ހައްޔަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު