ENGLISH

25 އޭޕްރީލު 2026

Advertisement

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވި މައްސަލަ ބަލަނީ

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފުލުހުންގެ މައި މަރުކަޒު

ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފި އެވެ. 

ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވާކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާގުޅިގެން ބަންދުގައިހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ވަނީ މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ވެސް މިހާރު ހިއްސާކޮށްފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު