ENGLISH

20 އޭޕްރީލު 2026

Advertisement

ޖޫން މަހު ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް މުބާރާތުގައި ބަންގްލަދޭޝްގެ ޒުވާން ޓީމު

20 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އަންނަ ޖޫން މަހުގެ ތެރޭގައި މާލޭގައި ބާއްވާ މުބާރާތުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ފެނިގެންދާނެ ކަމަށް ފަހުގެ ހަބަރުތައް ބުނެފިއެވެ.

'ޑައިމަންޑް ޖުބިލީ' އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތް ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އަންނަ ޖޫން މަހުގެ 1 އިން 10 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ވާދަކުރާނީ ދިވެހިރާއްޖެއާއި ޕާކިސްތާންގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.

މުބާރާތުގައި ވާދަކުރުމަށް ނޭޕާލްގެ އިތުރުން ބަންގްލަދޭޝްގެ ސީނިއާ ޓީމަށް ވެސް އެފްއޭއެމުން ދަޢުވަތު ދިނެވެ. އެހެންނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ އެ ދެ ޓީމަށް ވެސް ބައިވެރިވެވޭ ގޮތެއްނުވިއެވެ.

އެފްއޭއެމުން ވަނީ، ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރުމުގެ ގޮތުން، 19 އަހަރުން ދަށުގެ 'ޑައިމަންޑް ޖުބިލީ' އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް މިދިޔަ ފެބުރުއަރީ މަހު ބާއްވާފައެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު އެވެ. އެހެންކަމުން، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު