ENGLISH
10 އޭޕްރީލު 2025
ފެތުމުގެ ޤައުމީ ރެކޯޑްތަކެއް އާކޮށްފި
16 ޑިސެމްބަރު 2024
|
މީގެކުރީން ބޭއްވި އިވެންޓެއްގައި ރާއްޖޭގެ ފެތުންތެރިއަކު ފަތަނީ. --ފޮޓޯ: މިހާރު
ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ޤައުމީ ރެކޯޑްތަކެއް އާކޮށްފިއެވެ.
ހަންގޭރީގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ސްވިމިންގ އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ފެތުންތެރިން ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ އިތުރުން 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުންނެވެ.
އެގޮތުން، ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި މުޙައްމަދު އާން ހުސައިން ވަނީ 00:23.35 އިން ރޭސް ނިންމައި، މިދިޔަ މަހު އޭނާ ހެދި ޤައުމީ ރެކޯޑް އާކޮށްފައެވެ.
އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ޙަމްނާ އަހުމަދު ވަނީ މި ގޭމްސްގައި ދެވަނަ ފަހަރަށް ރެކޯޑް އާކޮށްފައެވެ. އޭނާ އެންމެ ފަހުން މި ރެކޯޑް އާކުރީ 00:36.55 އިން ރޭސް ނިންމައިގެންނެވެ.
މީގެކުރީން، މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މުޙައްމަދު ރިޙާން ޝިހާމް ވަނީ ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓްގައި ވެސް ޤައުމީ ރެކޯޑެއް އާކޮށްފައެވެ. އޭނާ މި ރެކޯޑް އާކުރީ 02:17.93 އިން ރޭސް ނިންމައިގެންނެވެ.
އަދި، އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑް ޙަމްނާ އާކޮށްފައިވާއިރު، އާން ވަނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯޑް ވެސް އާކޮށްފައެވެ.