ENGLISH
11 އޭޕްރީލު 2025
ހޮފެންހެއިމް އާއި ޑޯޓްމުންޑް އެއްވަރު
16 ޑިސެމްބަރު 2024
|
ހޮފެއިންހެއިމް ކޮޅަށް ލަނޑުޖެހުމަށްފަހު ޑޯޓްމުންޑްގެ ރޭނާ (ކ) އެ ޓީމުގެ އެހެން ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ޖަރުމަން ލީގުގައި ރޭ ހޮފެންހެއިމްއާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމުންޑް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މިއީ ލީގުގައި ޑޯޓްމުންޑް ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޖިއޯ ރޭނާގެ ގޯލުން ޑޯޓްމުންޑް ލީޑު ނަގާފައިވަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ހޮފެންހެއިމުން އެއްވަރުކުރީ ޖޭކޮބް ބްރޫން ލާސެން އެވެ.
މި ނަތީޖާއާއެކު ޑޯޓްމުންޑް ވަނީ ތާވަލްގެ އަށްވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކާ އެ ޓީމާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ހޮފެންހެއިމް އޮތީ 14 ވަނައިގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އާރްބީ ލީޕްޒިގު ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އެއިންޓްރަކްޓް ފްރެންކްފާޓް ބަލިކޮށްފައެވެ.