ENGLISH
10 އޭޕްރީލު 2025
ލިޔޯން ބަލިކޮށް ޕީއެސްޖީ ލީޑު ފުޅާކޮށްފި
16 ޑިސެމްބަރު 2024
|
ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ފްރެންޗް ލީގުގައި ރޭ އޮލިމްޕިކް ލިޔޯން 3-1 އިން ބަލިކޮށް ޕީއެސްޖީން ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 15 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮލިމްޕިކް މާސޭ އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ މޮނާކޯ އެވެ.
މި މެޗުން ބަލިވި ލިޔޯން އޮތީ 15 މެޗުން ލިބުނު 25 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އޮސްމާނޭ ޑެމްބެލޭ، ވިޓީނިއާ އަދި ގޮންކާލޯ ރާމޯސް އެވެ.
ލިޔޯންގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖޯޖެސް މިކައުޓާޒޭ އެވެ.
ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ ރަށުން ބޭރުގައި މޮނާކޯއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.