ENGLISH
30 އޭޕްރީލު 2026
ތެލުގެ ދަތިކަމާ ގުޅިގެން އޭޝިއާއަށް ޖަޕާނުން އެހީވަނީ
16 އޭޕްރީލު 2026
|
ޖަޕާނުގެ ބޮޑު ވަޒީރު، ސަނާއީ ޓަކައިޗީ
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިކަމާއި ގުޅިގެން އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް އިރުމަތީ ދެކުނު އޭޝިއާގެ ގައުމުތަކަށް ސާފުނުކުރާ ތެޔޮ ހިމެނޭ ގޮތަށް ހަކަތަ ހޯދުމަށް އެހީތެރިވާނެކަމަށް ޖަޕާނުގެ ބޮޑު ވަޒީރު، ސަނާއީ ޓަކައިޗީ ވައުދުވެވަޑައިގެންފިއެވެ.
އޭނާ ވަނީ މިކަމާ ގުޅިގެން ޖަޕާނުން 10 ބިލިއަން ޑޮލަރު ދިނުމަށް ވައުދުވެފައެވެ.
ޓަކައިޗީ އާ އެއްބާރުލުމުގެ މި އޮނިގަނޑު އިއުލާން ކުރެއްވީ އޭޝިއާގެ އެހެން ލީޑަރުންނާ އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.
ޖަޕާނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓަކައިޗީ ވިދާޅުވީ، ޖަޕާނުގެ އެއްބާރުލުމުގެ އޮނިގަނޑުގެ މަގުސަދަކީ އޭޝިއާގެ ގައުމުތަކަށް ސާފުނުކުރާ ތެލާއި ތެޔޮ އުފެއްދުންތައް ހޯދުމުގެ އިތުރުން ސަޕްލައި ޗޭންތައް ބެލެހެއްޓުމާއި ސްޓޮކްޕައިލް ފުޅާކުރުން ކަމަށެވެ.
އޭޝިޔާއަކީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއެރުމުގެ ނުރައްކާ ބޮޑު ސަރަހައްދެއް ކަމަށްވާއިރު، އެ އޮޅިން ދަތުރުކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް %90 މި ސަރަހައްދަށް ދަތުރުކުރެއެވެ.
ޖަޕާނުގެ ހާރިޖީ ވުޒާރައިން ބުނީ، 10 ބިލިއަން ޑޮލަރުގެ މާލީ އެހީއަކީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ ގައުމުތަކުން އަހަރެއްހާ ދުވަހުގެ ތެރޭގައި ކްރޫޑް ތެޔޮ އެތެރެކުރާ އަދަދާ ގާތްގަނޑަކަށް އެއްވަރު އަދަދެއް ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ، އެ ބައްދަލުވުމުގައި އެކަމަށް ލީޑަރުން މަރުހަބާ ކިޔާފައިވާ ކަމަށެވެ. މީގެ ތެރޭގައި ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ލީޑަރުން ހިމެނެއެވެ.
މި ޕްރޮޖެކްޓުގައި ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން އާއި ނިޕޯން އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް އިންޝުއަރެންސް ފަދަ ދައުލަތުގެ އެހީތެރިކަމުގެ މުއައްސަސާތަކުގެ އިތުރުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ބައިވެރިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.