ENGLISH
16 އޭޕްރީލު 2025
ލެގަނޭސް އިން ބާސެލޯނާ އަށް ސިހުން ގެނެސްފި
16 ޑިސެމްބަރު 2024
|
ލެގަނޭސްއާ ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ލެގަނޭސް އަތުން 1-0 އިން ބާސެލޯނާ ބަލިވެއްޖެއެވެ.
މިއީ ލީގުގައި ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި ދެވަނަ މެޗެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އަދިވެސް އޮތީ ތާވަލްގެ އެއްވަނައިގައެވެ. އެ ޓީމަށް 18 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް އެއްމެޗު މަދުން ކުޅެގެން މި އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އެއްޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ލެގަނޭސް އަށް ކާމިޔާބުކޮށްދިނީ ސާޖިއޯ ގޮންޒާލެޒް އެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި އެތުލެޓިކޯ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ގެޓަފޭ ބަލިކޮށްފައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަލެކްސެންޑާ ސޯލޯތު އެވެ.
ލީގުގައި ބާސެލޯނާ އަށް ދެން އޮތީ މި މަހުގެ 22 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.