ENGLISH

20 އޭޕްރީލު 2026

Advertisement

ނުވަ އަހަރަށްފަހު ޓީސީ އެފްއޭ ކަޕް ފައިނަލަށް

16 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ޓީސީ އަށް ލަނޑުޖަހައިދިނުމަށްފަހު ބޯޑޫ ޕްރިންސް އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބު 2-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ނުވަ އަހަރުގެ ތެރޭގައި ޓީސީ ނިކުންނަ އެފްއޭ ކަޕްގެ ދެވަނަ ފައިނަލެވެ. އެ ޓީމުން އެންމެ ފަހުން 2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނީ ވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި ނިއު އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޓީސީން ކާމިޔާބުކުރީ ފަހު ހާފުގައެވެ.

ރޭގެ މެޗުގެ ޓީސީން ލީޑުނެގީ 64 ވަނަ މިނެޓުގައި ބުރުގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައިގެން ތަނަވަސްކުރި ފުރުޞަތެއްގައި އެ ޓީމުގެ ގާނާ ފޯވާޑް، ބޯޑޫ ޕްރިންސް އެވެ.

މެޗުގައި ޓީސީން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް ޕްރިންސް އެވެ.

މި މުބާރާތުގެ ފައިނަލުގައި ޓީސީ ނިކުންނާނީ ނިއުއާ ދެކޮޅަށެވެ. އެ ޓީމުން ވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 7-0 އިން ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

ނިއުއާ ޓީސީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު