ENGLISH

11 އޭޕްރީލު 2025

Advertisement

ލަނޑު ގޯންޏަކާއެކު ނައިފަރު ބަލިކޮށް އައްޑޫ ކުއާޓާރ އަށް

16 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އައްޑޫގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ޅ. ނައިފަރު 7-2 ގެ ނަތީޖާއަކުން ބަލިކޮށް އައްޑޫ ސިޓީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު އައްޑޫން ވަނީ އެ ގްރޫޕުގެ އެއްވަނަ މަގާމު ހޯދައިފައެވެ. އެ ޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ނައިފަރު އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓާ އެކު ތާވަލްގެ ފުލުގައި އޮތް ދ. މީދޫ ވަނީ މުބާރާތުން ކަޓައިފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އައްޑޫން ޖެހި ހަތް ލަނޑުގެތެރެއިން ހަތަރު ލަނޑު ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑުޖަހައިދިނީ ހާޒިމް ފައުޒީ، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫއިއްބެ) އާއި އިސްމާއިލް އީސާ އެވެ.

ނައިފަރުގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ފައިސަލް (ފައިޓޯ) އާއި މުޙައްމަދު އިޒާން އަލީ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އައްޑޫ ނުކުންނާނީ ކ. މާފުއްޓާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު