ENGLISH

13 އޭޕްރީލު 2026

Advertisement

ފްލައިދުބާއީން ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަނީ

13 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފްލައިދުބާއީގެ ބޯޓުތައް. ކާގޯ ފްލައިޓްތަކެއް ދެ ގައުމުގެ ދެމެދުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން. ފޮޓޯ؛ ޕީއެސްއެމް

ފްލައިދުބާއީގެ ހާއްސަ ކާގޯ ފްލައިޓްތަކެއް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަށަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤެވެ.

ފިރާގު ވިދާޅުވީ މި ދަތުރުތަކަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަވެސް ދޫކޮށްފައި ވާކަމަށާއި  މެދުއިރުމަތީ ހަނގުރާމައިގެ މި ދަނޑިވަޅުގައި ފްލައިދުބާއީން އިސްނަގައިގެން މިފަދަ ދަތުރުތަކެއް ރާއްޖެއަށް ފެށުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ. 

ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު (ޑީޑަބްލިއުސީ) އާއި މާލެގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ގެ ނިޔަލަށް ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. 

މިއީ ފްލައިދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް "ކާގޯ-އިން-ކެބިން" ނުވަތަ ބޯޓުގެ ކެބިންގައި މުދާ އުފުލާ ގޮތަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ގިނަ އުފެއްދުންތަކަކީ ޔޫއޭއީ އިން ވައިގެ މަގުން ގެންނަ ބާވަތްތަކެވެ.

މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު