ENGLISH
13 އޭޕްރީލު 2026
ބަންޑާރަނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް "އޭ" ރިޕޯޓެއް
13 އޭޕްރީލު 2026
|
ބަންޑާރަނައިބު އަހްމަދު އުޝާމު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ހުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން ބަންޑާރަނައިބުގެ އޮފީހުގެ 31 ޑިސެންބަރު 2024 ގައި ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި، ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރިކޯޑުތަކުގައި އުނިއިތުރުކަމެއް ހުރިކަމަށް ފާހަގަކުރެވިފައެއް ނުވެ އެވެ.
އަދި މައިގަނޑު ގޮތެއްގައި ބަންޑާރަނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކޮށްފައިވަނީ، އެ އޮފީހަށް ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރަށް ބަންޑާރަނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ އެހެނިހެން މާލީ ކަންކަން ހިންގާ ބަލަހައްޓާފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް ރިޕޯޓުގައި ވެއެވެ.
ދެހާސް ސައުވީސް ވަނަ އަހަރަށް ބަންޑާރަނައިބުގެ އޮފީހަށް ފާސްކޮށްފައިވަނީ 44,100,000 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން އަހަރު ނިމުނުއިރު ޖުމުލަ ހަރަދު ކޮށްފައިވަނީ 34,827,419 ރުފިޔާ އެވެ. މީގެ ތެރޭގައި މުވައްޒަފުންނަށް ހިނގި ހަރަދުގެ ގޮތުގައި 19.3 މިލިއަން ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.