ENGLISH

13 އޭޕްރީލު 2026

Advertisement

ރަށު ކައުންސިލުތަކުން އަންހެނުންނަށް ހާއްސަކުރި ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީ

13 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ކަައުންސިލު އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން، ފޮޓޯ: އަމާޒު މީޑިޔާ

އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ރަށު ކައުންސިލުތަކުން އަންހެނުންނަށް ހާއްސަކުރި ގިނަ ގޮނޑިތަކެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފަައިވާ ހިސާބތަކަށް ބަލާއިރު ރަށު ކައުންސިލުތަކުން އަންހެނުންނަށް ހާއްސަކުރި 212 ގޮނޑިއަކަށް ކަައުންސިލަރުން އިންތިހާބުކުރުމަށް އޭޕްރީލު ހަތަރުވަނަަ ދުވަހު ވޯޓު ނެގިއެވެ. އެ ވޯޓުގެ ތެރެއިން އަޣުލަބިއްޔަތު ގޮނޑިއަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. 

އެގޮތުން ޖުމްލަ 91 ގަނޑި ޕީއެންސީއަށް ކާމިޔާބުވިއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 86 ގޮނޑިއެވެ. އަމިއްލަަ ގޮތުން ވާދަކުރި 30 ކެންޑިޑޭޓުންނަަށް އަންްހެނުންނަށް ކައުންސިލުތަކުން ހާއްސަކުރި ގޮނޑި ކާމިޔާބުކުރެވިފައިވެއެވެ. 

ޑިމޮކްރެޓްސްއިން ވާދަކުރި އެއް ކެންޑިޑޭޓު އަދި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރި ހަތަރު ކެންޑިޑޭޓަކަށް އަންހެނުންނަށް ކައުންސިލުތަކުން ހާއްސަކޮށްފައިވާ ގޮނޑި ކާމިޔާބުކުރެވުނުކަން އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ނަތީޖާއިން ދައްކައެވެ. 

ލޯކަލްް ކައުންސިލު އިންތިހާަބުގައި އެންމެ ގިނަ ރަށްރަށުގެ ކައުންސިލު ރައީސްކަމަށް އިންތިހާބުވެފައިވަނީވެސް ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ބައެއް އަތޮޅުތަކުގައި އެއްވެސް ރަށެއްގެ ކައުންސިލު ރައީސްކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިހާބުވެފައި ނެތްއިރު، ހުރިހާ އަތޮޅަކުންވެސް ކޮންމެވެސް ރަށު ކައުންސިލެއްގެ ރައީސްކަމަށް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުވެފައިވެއެވެ. 

ކައުންސިލުތަކުގެ ގޮނޑިއަށް ބަލާއިރު ގިނަ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އަދި ރަށު ކައުންސިލުތަކުގެ ރައީސުން އިންތިހާބުކުރުމުގެ ވޯޓުގައި އެންމެ ގިނަ ވޯޓުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީއެވެ. 

ކިޔުންތެރިންގެ ހިޔާލު