ENGLISH

13 އޭޕްރީލު 2026

Advertisement

ހުވަދޫގެ ދެ ބިތުގެ ނުވަ ރަށެއްގެ ކައުންސިލު ރައީސްކަން ޕީއެންސީއަށް

13 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ކައުންސިލު އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: މިހާރު

ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ހުވަދު އަތޮޅުގެ ދެ ބުރީގެ ރަށްތަކުގެ ތެރެއިން ނުވަ ރަށެއްގެ ކައުންސިލު ރައީސްކަން ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފަައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އިންތިހާބުގެ ދާއިމީ ނަތީޖާތަކަށް ބަލާއިރު، ހުވަދު އަތޮޅުގެ އުތުރުބުރީގެ ނުވަ ރަށުގެ ތެރެއިން ފަސް ރަަށެއްގެ ކައުންސިލު ރައީސްކަން ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮލަަމާފުއްޓާއި، ވިލިނގިއްޔާއި، ދެއްވަދޫއާއި، ކޮނޑޭއާއި ގެމަނަފުށީގެ ކައުންސިލު ރައީސްކަން ކާމިޔަބުކުރީ ޕީއެންސީންނެވެ. 

އެ އަތޮޅުން އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ހަތަރު ރަށެވެ. އެއީ މާމެންދޫއާއި ނިލަންދޫއާއި، ދާންދޫއާއި ކަނޑުހުޅުދޫއެވެ.

ހުވަދު އަތޮޅުގެ ދެކުނު ބުރީގެ ނަތީޖާއަށް ބަލާއިރު އެ އަތޮޅުގެ ހަތަރު ރަށެއްގެ ކައުންސިލު ރައީސްކަން ކާމިޔާބުކުރީ ޕީއެންސީންނެވެ. އެއީ މަޑަވެއްޔާއި ހޯޑެއްދޫއާއި ނަޑެއްލާ އަދި ފިޔޯރީއެވެ. އެމްޑީޕީއަށް ކައުންސިލު ރައީސްގެ މަގާމު ކާމިޔާބުކުރެވުނީ ތިން ރަށެވެ. އެއީ ގައްދޫއާއި ވާދޫއާއި ފަރެސްމާތޮޑާއެވެ. 

ހުވަދު އަތޮޅުގެ ދެ ބިތުގެ ރަށްތަކުގެ ތެރެެއިން އެއް ރަށުގެ ކައުންސިލު ރައީސްކަން ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އެއީ ގދ.ރަތަަފަންދޫއެވެ. 

ނިމުނު ލޯކަލް ކަައުންސިލު އިންތިހާބުގައި އެންމެ ގިނައިން ކައުންސިލުތަކުގެ ރައީސްކަން ކާމިޔާބުކުރީ ޕީއެންސީންނެވެ. ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންނަކީ ކައުންސިލުތަކުގެ ރައީސުންނެވެ. 

ކިޔުންތެރިންގެ ހިޔާލު