ENGLISH
11 އޭޕްރީލު 2026
މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
11 އޭޕްރީލު 2026
|
މަސްތުވާތެކެތި ގެންގުޅުނުކަމުގެ މުޙައްމަދު ޠާހާ-ފޮޓޯ، ދިވެހި ފުލުހުން
އެންމެ މަޤްބޫލު
މަސްތުވާތެކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުލުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ރސ 5268 / މާލެ، މުޙައްމަދު ޠާހާ (37އ) އެވެ.
ފުލުހުން ބުނީ މުޙައްމަދު ޠާހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 08:55 އެއްހާއިރު، ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުންކަމަށެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ. އެގޮތުން ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައެވެ. އެ ޕެކެޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުއްޓެވެ.
މުޙައްމަދު ޠާހާ ދުއްވި ސައިކަލު ޓޯކޮށް، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.