ENGLISH

11 އޭޕްރީލު 2026

Advertisement

ނަޝީދަށް އެމްޑީޕީގެ ޓިކެޓް ދޭން ރީކޯ ދެކޮޅު، ސުވާލުކުރީ އެއީ ލީޑަރުންގެ ޕާޓީއެއްތޯ

11 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރީކޯ މޫސަ އަދި ރައީސް ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން ދެކޮޅު ހަދާ މޭރުމަކުން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވާހަކަ ދައްކައިފި އެވެ.

ރީކޯ ވަނީ އެމްޑީޕީގައި މިހާރު އުފެދިފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

މޫސަ ވިދާޅުވީ އާއްމު މެމްބަރުންގެ ބުރަމަސައްކަތުން ހޯދި ކާމިޔާބީގެ އުފާފާޅުކުރުމުގެ ޖަލްސާ ގައި ވެރިންގެ ކޯޅުމުގެ ސަބަބުން މެމްބަރުގެ ހިތުގާ ޖައްސާފައިވާ ކަމަށެވެ.

އަދި މުޅި މަންޒަރު ހަޑިކޮށް އެތައްބަޔަކު މާޔޫސް ކޮށްފައި ލީޑަރުންނަށް  އެއްބަސްވެވިއްޖެއޭ ބުނާ އިރު އެމްޑީޕީއަކީ ލީޑަރުންގެ ޕާޓީއެއްތޯ މޫސަ ވަނީ ސުވާލު ކޮށްފަ އެވެ.

އޭނާ ވަނީ ޢާއްމު މެމްބަރުންގެ ކުރިމަތީ ލީޑަރުން ހޭވި ހަޑިއަށް މާފަށް އެދޭނެތޯ ވެސް ސުވާލުކޮށްފަ އެވެ. އަދި އިންތިޚާބަކާނުލާ ކޮންމެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީ ހިނގުމުގެ ބާރު ދެނީތޯ ސުވާލުކޮށްފައިވެ އެވެ.

ލީޑަރުންނަކީ އެމްޑީޕީ ގައި ގޮތްނިންމާ ބަޔަކަށްވެފައި  ޢާއްމު މެމްބަރުންނަކީ އެއްދުވަހު ކަރުނައަޅާފައި  އަނެއްދުވަހު ލީޑަރުންގެ ކަރުގައި މާފަތި އަޅުވާ ބައެއްގޮތުގައި ތިބެންވީތޯ ވެސް އަހާފައިވެ އެވެ.

މޫސަ ވަނީ 2028 ގެ ކުރިން ދެން ނަގާރާޅުގައި ހަތަރު  ޕާޓީއަށް ބައި  ނުވެއްޖިއްޔާ ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. 

އޭނާ ވަނީ ޚުދްމުޚްތާރު ޢާއިލީވެރިކަމުން އެމްޑީޕީ ސަލާމަތްކޮށް ކުރިން  ޤައުމުގެ ވެރިކަންކޮށްފަހުރި މީހަކު ދެވަނަ އިންތިޚާބެއްގާ ބަލިވެފަހުރިއްޔާ  ދެން އެމްޑީޕީ ޓިިކެޓުގައި ވާދަނުކުރާން ކަމަށް އިއުލާނު ކުރުމުން ނޫނީ  ލީޑަރުން އެއްބަސްވެއްޖެކަމަށް ގަބޫލުނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު