ENGLISH
28 ޖުލައި 2026
ބުރަކައްޓަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ރޮޑްރީ އޮޕަރޭޝަނެއް ކޮށްފި
28 ޖުލައި 2026
|
މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ ކުޑަ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭނާ ކުޅެމުންދާ އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު މެންޗެސްޓަރ ސިޓީން މިއަދު ހާމަކޮށްފިއެވެ.
މި މަހު ސްޕެއިނުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރިއިރު، އެ ޓީމުގެ ކެޕްޓަންކަން ކުރި އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި 2024 ވަނަ އަހަރުގެ ބަލޮންޑޯ އެވޯޑު ލިބުނު ރޮޑްރީ އޮޕަރޭޝަނެއް ކުރަން ނިންމީ، ބުރަކަށީގައި ރިއްސާތީ އުޅޭތާ ދުވަސްތަކެއް ވުމަށްފަހުއެވެ.
ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޑްފީލްޑަރު ރޮޑްރީގެ ބުރަކަށީގައި ރިއްސާތީ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް މިހާރު އެ މައްސަލައަށް ހައްލެއް ހޯދުމަށް ފަރުވާދެވިފައިވާ ކަމަށެވެ. އަދި ދެން އޭނާ ފަށާނީ އަލުން ކުޅުމަށް ތައްޔާރުވުމަށްޓަކައި ކުރިއަށްގެންދާ ކުރު ރިހެބިލިޓޭޝަން ޕުރޮގުރާމެއް ކަމަށްވެސް އެ ކުލަބުން ބުނެއެވެ.
އޭނާ އަލުން ކުޅުމަށް އެނބުރި އަންނާނެ ސީދާ ތާރީޚެއް ސިޓީން ހާމަކޮށްފައި ނުވި ނަމަވެސް، އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ފަށާ އައު ސީޒަންގެ ކުރީކޮޅު މެޗުތައް އޭނާއަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ކެރިއަރުގައި މީގެ ކުރިން ކަކުލުގެ ސީރިއަސް އަނިޔާތަކަކާ ކުރިމަތިލާފައިވާ އުމުރުން 30 އަހަރުގެ ރޮޑްރީ، ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އަދި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވެދާނެ ކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.