ENGLISH
10 އޭޕްރީލު 2026
ސައުތު އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ރާއްޖޭގެ ޒުވާން އަންހެން ޓީމު ރިހި މެޑަލް ހާސިލްކޮށްފި
10 އޭޕްރީލު 2026
|
މުބާރާތުގައި ވާދަކުރި ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުގެ ކުޅުންތެރިން ކޯޗާއެކު. --ފޮޓޯ: ޓީޓީއޭއެމް
އެންމެ މަޤްބޫލު
އިންޑިއާގައި ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުން އެ މުބާރާތުގެ ޓީމް އިވެންޓްގެ ބައިން ރިހި މެޑަލް ހާސިލްކޮށްފިއެވެ.
މިއީ ދެކުނު އޭޝިއާގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ޓީމް އިވެންޓެއްގައި ރާއްޖޭގެ ޓީޓީ ޓީމުން ރިހި މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މި މަހުގެ 8 އިން 12 ގެ ނިޔަލަށް އިންޑިއާގެ ޝިމްލާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ވަނީ ނޭޕާލްގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް ބަލިކޮށްފައެވެ.
ރިހި މެޑަލް ހޯދި ރާއްޖޭގެ ޒުވާން އަންހެން ޓީމުގައި ހިމެނެނީ؛ އައިޝަތު މަލަކް ތަސީން، އައިޝަތު އަލްސާ ނާފިޒް އާއި ސާރާ މޫސާ ޖަމީލް އެވެ.