ENGLISH

10 އޭޕްރީލު 2025

Advertisement

އަލް އަހްލީ ބަލިކޮށް ޕަޗޫކާ، އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލަށް

15 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޕަޗޫކާގެ ކުޅުންތެރިން ޗެލެންޖާ ކަޕް ޓްރޮފީ އާއެކު. --ފޮޓޯ: އޭޕީ

ޕެނަލްޓީ ޖަހައިގެން މިސްރުގެ އަލް އަހްލީ ބަލިކޮށް، މެކްސިކޯގެ ޕަޗޫކާ އިން ޗެލެންޖާ ކަޕް ކާމިޔާބުކޮށް، އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުގެ އިތުރު ވަގުތުގެ ކުޅުމަށްފަހު ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި މެކްސިކޯގެ ޕަޗޫކާ މޮޅުވީ 6-5 އިންނެވެ.

މި މެޗުގައި ޕަޗޫކާ އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އަލް އަހްލީގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ޕަޗޫކާގެ ކީޕަރު، ކާލޯސް މޮރޭނޯ ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޕަޗޫކާ އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކުރެވޭގޮތްނުވިއިރު، އެ ޓީމުން ދެން ފޮނުވާލި ހަ ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އަލް އަހްލީ އިން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ދެން ފޮނުވާލި ދެ ޕެނަލްޓީގެ އިތުރުން އެ ޓީމުން ފޮނުވާލި އަށްވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލްގައި ޕަޗޫކާ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު