ENGLISH
09 އޭޕްރީލު 2026
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއް އަނދަނީ
09 އޭޕްރީލު 2026
|
ފީއަލީ ބަނދަރުގަ އޮތް ތެޔޮ ބޯޓެއް އަނދަނީ-- ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 ހާއިރު ކަމަށެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙްމަދު ވިދާޅުވީ ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް އަދި މަޢުލޫމާތު ލިބިފައި ނުވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފ. ނިލަންދޫ އެމްއެންޑީއެފް ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.