ENGLISH

09 އޭޕްރީލު 2026

Advertisement

ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު: ޝުޖާއު

08 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޕްރަގްރާމްގައި ޝުޖާއު ވާހަކަފުޅު ދައްކަވަނީ --

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މެންބަރު މިހެން ވިދާޅުވީ އެމްއެމްޓީވީގެ "ދިވެހީންގެ ނިންމުން" ކަވަރޭޖް ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝުޖާޢު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ބޭނުންކޮށްގެން ރައްޔިތުންްނަށް އޮޅުވާލަން އެމްޑީޕީއާ އިދިކޮޅު ބައެއް ޕާޓީތަކުން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓްލާން ނިކުތް ސަބަބާއި އެ ދުވަހުގެ ނަތީޖާ އިން ދައްކައިދޭ ކަންކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ކުރީގެ ރައީސުންނަށް ކެރިވަޑައިނުގެންނެވި ކަމަށެވެ. ޕާޓީ ސިސްޓަމް ތަޢާރަފު ކުރީ ރައްޔިތުންގެ ރުހުމެއް ނެތި ކަމަށާ ކަނޑުން ބައެއް ދޫކޮށްލާ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ހިއްސާ ވިއްކާލީ ރައްޔިތުންް ކުރެ "ހޭވެސް" އަހާ ނުލާ ކަމަށެވެ.

އަދި ބިމާއި ބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރީ ސަރުކާރުން ކަންކަން ކުރީ ހިތަށް ފެނުނު ގޮތަކަށް ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު އެކަންކަން ބަދަލު ކުރެއްވި ކަމުގައި ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް އެ ނަތީޖާ އިން ދައްކައިދެނީ ރައްޔިތުން ރައީސަށް ކުރާ އިތުބާރުކަން ހާމަވާ ކަމަށެވެ.

"މި ނަތީޖާއިން ދައްކައިދިނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކުރާ އިތުބާރު. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ރައީސް މުޢިއްޒުގެ އަރިހުން މިވެނިކަމެއް ނުކުރާށޭ ނުވަތަ މިވެނި ކަމެއް ކުރާށޭ ބުނެ ނިންމައިފިނަމަ އެެކަމެއް ކުރާނެ ކަން," ޝުޖާޢު ވިދާޅުވި އެވެ.

2028 ހޯދަން އިރާދަފުޅުން ދައްޗެއް ނެތް

ޝުޖާއު ވިދާޅުވީ އިންތިޚާބަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ފެނިވަޑައިގަތީ ރައްޔިތުން ލީޑަރެއްގެ ކިބައިން ދެކެން ބޭނުންވާ ހަޤީޤީ ސިފަތައް ކަމަށެވެ. ރައްޔިތުންގެ ނިންމެވުން އިޚްލާސްތެރިކަމާއެކު އެމަނިކުފާނު ބަލައިގެންފައިވާ ކަމަށް އިއުލާނު ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ.

އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާއި އެ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލު ކުރައްވާނެ ކަަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމުގައި ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ބޮޑެތި ސިޓީތައް ކޮންގްރެސް ޕާޓީއަށް ގެއްލުނު ނަމަވެސް  މާފުއްޓާއި ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއާ ކެންދޫއާ މުރައިދޫ ފަދަ އެމްޑީޕީއަށް ކުރީން ވަރަށް ތާއީދު ބޮޑު ރަށްތަކުން ރައީސްގެ ސިޔާސަތަށް ވޯޓް ދެއްވާފައިވާ ކަމަށެވެ.

"ނަތީޖާއިން އެނގިގެން ގޮސްފި އިތުރު ހިތްވަރެއް ލައިފިނަމަ ކާމިޔާބު ލިބިގެންދާނެކަން," ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވަނީ އެއްވެސް މެންބަރަކު މާޔޫސްނުވުމަށާއި ކޮންގްރެސްގެ ޖަގަހަތައް އެކްޓިވޭޓްކޮށް ސަރުކާރު ދެމެހެއްޓުމުގައި ގަދަކޮށް ތިއްބެވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ހެޔޮ ބަދަލުތަކެއް ގެންނަވާ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު 2023 ގެ އިންތިޚާބުގައި އެމްޑީޕީ ބަލިކުރި ގޮތަށް 2028 ގައި ވެސް އެ ޕާޓީ ބަލިކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު