ENGLISH
08 އޭޕްރީލު 2026
ގޭހުގެ އައު ޝިޕްމަންޓެއް އެސްޓީއޯއަށް ލިބިއްޖެ
08 އޭޕްރީލު 2026
|
ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ވަނީ ލިބިފައި.
އެންމެ މަޤްބޫލު
ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި އެވެެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ކައްކާ ގޭހުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.
ވަޒީރު އެ ބައްދަލުވުމުގައި ވިދާޅުވީ އެސްޓީއޯގެ މޯލްޑިވް ގޭހަށް ރޭގެ ވަގުތެއްގައި އައު ޝިޕްމަންޓެއް ލިބޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ ގޭހުގެ މި ޝިޕްމަންޓު އަންގާރަ ދުވަހު ލިބިފައި ވާކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދާކަމަށާއި އަދި މިކަމުގައި ހާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ބައެއް ފަހަރު ލިމިޓް ކޮށްގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭސްއިން ދަނީ، ގޭސް ވިއްކަމުން ނެވެ. ނަމަވެސް ސްޓޮކް އިޔާދަވުމުން އާންމު ހާލަތުގައި އެކުންފުނިން އަންނަނީ ގޭސް ވިއްކަމުން ނެވެ.
ރާއްޖެއަށް ކުރިމަތިވެދާނެ ގޭހުގެ ދަތިކަމަކުން އަރައިގަތުމަށް މާލޭ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޮރޭޖު ފެސިލީޓީއެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުން ނެވެ.