ENGLISH

08 އޭޕްރީލު 2026

Advertisement

"ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު 11ގައި

08 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

"ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ސިލްސިލާގައި ކުރިން ބޭއްވުނު ޕްރޮގްރާމެއްގެ ތެރެއިން

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް މިމަހު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރުޔ 5:30އަށެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބުގައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ މެންދުރު ފަހު 14:00ގެ ކުރިން ކިޔު.އާރު. ކޯޑު ސްކޭންކޮށްގެން ބައިވެރިވެވޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

ކިޔުންތެރިންގެ ހިޔާލު